މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-268555

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ޕަރމަނަންޓް ސެކްރެޓަރީ ބިއުރޯ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/4465ރ

- ސަރވިސް އެލަވަންސް: މަހަކު -/1500ރ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓަށް އަންނަ ލިޔެކިއުންތައް ދުވަހުން ދުވަހަށް ޕަރމަނަންޓް ސެކްރެޓަރީއާ ހަވާލު ކުރުން.
  2. ޕަރމަނަންޓް ސެކްރެޓަރީއާއި ބައްދަލުކުރަން އަންނަ މީހުންގެ އެޕޮއިންޓްމަންޓުތައް ނޯޓްކޮށް އެދުވަހެއްގެ ޝެޑިއުލްއާއި އެކު ކުރިއަށް އޮތް 2 ދުވަހުގެ އެޕޮއިންޓްމަންޓް ޝެޑިއުލް ޕަރމަނަންޓް ސެކްރެޓަރީއަށް ހުށަހެޅުން އަދި އެޕޮއިންޓްމަންޓަށް ވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު ކައުންޓަރުގައި ތިބޭ މުވައްޒަފުންނަށް ދިނުމާއެކު، އެ ބޭފުޅުން ރިސީވް ކުރުން. އަދި ކޮންމެ ދުވަހަކުވެސް ޕަރމަނަންޓް ސެކްރެޓަރީގެ ދުވަހު ޝެޑިއުލް އަޕްޑޭޓްކޮށް ޖެހިގެން އަންނަ ދުވަހުގެ އެޕޮއިންޓްމަންޓުތައް ފެންނާނެހެން ބެހެއްޓުމުގެ އިތުރުން ޕަރމަނަންޓް ސެކްރެޓަރީގެ ހަފުތާގެ ޝެޑިއުލް ތައްޔާރުކޮށް ޖެހިގެން އަންނަ ހަފުތާގެ ފުރަތަމަ ދުވަހު ޕަރމަނަންޓް ސެކްރެޓަރީގެ އަތްޕުޅަށް އެރުވުން. މީގެ އިތުރުން ޝެޑިއުލްގައިވާ ކަންކަން ކުރިއަށް ދިޔަތޯ ބެލުން. 
  3. ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ކަމާބެހޭ ސެކްޝަނާ ޙަވާލުކުރުން.
  4. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ އޮފީހުގައި ބާއްވާ މީޓިންގތަކާއި، އޮފީހުން ބޭރުގައި ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވާ ޖަލްސާތަކާބެހޭ މަޢުލޫމާތުތައް ލަސްވެގެން އެ ބައްދަލުވުމެއް ފެށުމުގެ 1 ގަޑިއިރު ކުރިން ޕަރމަނަންޓް ސެކްރެޓަރީއަށް ދަންނަވައި، ހަނދުމަފުޅުކޮށް އެރުވުން. އަދި އޮފީހުގައި ބާއްވާ މިފަދަ މީޓިންގތަކަށް ވަނުމާއި ޔައުމިއްޔާ ލިޔެ ފައިލުކޮށް ބެލެހެއްޓުމާއެކު، އެޑްމިން ސެކްޝަނަށް ކޮޕީ ހަވާލުކުރުން.
  5. ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓަށް އަންނަ ފޯން ކޯލްތަކަށް ޖަވާބު ދިނުމާއެކު، އެ މަޢުލޫމާތު ޕަރމަނަންޓް ސެކްރެޓަރީއަށް އެރުވުން.
  6. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމު ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމާއި، ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގައި، އަތްމަތީގައި ގެންގުޅުއްވާ ބައެއް ލިޔުންތައް އެކުލެވޭ ދަތުރު ފައިލު ތައްޔާރުކޮށް ފުރާވަޑައިގަތުމުގެ ކުރިން ހަވާލުކުރުން. މީގެއިތުރުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން.
  7. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގެ ރިޕޯޓު، (ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމުން) އިންސިޑެންޓަލް ޚަރަދުގެ ތަފުސީލު ހިމެނޭގޮތަށް ތައްޔާރުކޮށް ސުޕަވައިޒަރާ ހަވާލުކުރުމާއެކު ފައިލުކޮށް ބެލެހެއްޓުން.
  8. މިނިސްޓްރީގެ އެކިސެކްޝަންތަކުން ޕަރމަނަންޓް ސެކްރެޓަރީ އަރިހަށް ސޮއިކުރުމަށް ގެންދެވޭ ލިޔުންތައް ދުވަހުން ދުވަހަށް ސޮއިކުރުވުމާއެކު ކަމާބެހޭ ސެކްޝަންތަކަށް ލަސްނުކޮށް ހަވާލުކުރުން.
  9. ޕަރމަނަންޓް ސެކްރެޓަރީ ބޭނުންކުރައްވާ އެންމެހައި ލިޔުންތައް ފައިލުކުރުމަށް، ފައިލުތައްޔާރުކޮށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފާފުޅުގެ ދަށުން ފައިލުކޮށް ބެލެހެއްޓުމާއި، ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓުގައި ގެންގުޅޭ ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  10. މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުމާއެކު، އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓުގެ މަސައްކަތާ ގުޅިގެން ޕަރމަނަންޓް ސެކްރެޓަރީ ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
  5. ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016  ސެޕްޓެންބަރު – އޮކްޓޫބަރު  މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ