އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
ވަށާފާރު ރޭނުމަށް

އިޢުލާން

  • ސްކޫލުގެ ޕްރައިމަރީ ގްރޭޑް ކުދިން ކިޔަވާ ކްލާސްރޫމްތަކާ ދިމާގައި ވަށާފާރު ރޭނުމާގުޅޭ:

މި ސްކޫލުގެ ޕްރައިމަރީ ގްރޭޑް ކުދިން ކިޔަވާ ކްލާސްރޫމްތަކާ ދިމާގައި ވަށާފާރު ރޭނުމަށް ކުރެވުނު ނަންބަރު: GS-150/U-4/2016/05 (15 މޭ 2016) އިޢުލާނަށް ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޞައްޙަ 3 ބިޑް ހަމަނުވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު, 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 11:30 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަންވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމު، މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާ ފަރާތްތަކާ ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑް ތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތައް ކުރެއްވުމުގެ ޤާބިލުކަން ހުރި ލިޔުން ހުރިނަމަ، އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ހަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރު ބާރެއް ކަމުގައި ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.އުކުޅަހު ސްކޫލުގެ ނަންބަރު 6660843 ފޯނަށް ގުޅުއްވުން އެދެމެވެ.

- ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އޮގަސްޓް 2016
ހޯދާ