ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެނިއުމަރޭޓަރުން ހޯދުމަށް

އިޢުލާން

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

މި ބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2016" ގައި ހަރަކާތްތެރިވުމަށް 20 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މި ސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތްކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

އެނިއުމަރޭޓރުންގެ ގޮތުގައި ހޮވޭ މީހުންނަށް 4 ދުވަހުގެ ތަމުރީނެއް ދެވޭނެއެވެ. އަދި ތަމުރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމުރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ (އެއްސަތޭކަ) ރުފިޔާގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/300ރ (ތިންސަތޭކަ) ރުފިޔާގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.

މި ސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމު، މި ބިއުރޯ (މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުންނާއި ވެބްސައިޓު http://statisticsmaldives.gov.mv/hies-application-form/ އިން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަންފޯމު ފުރިހަމަކުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މި ބިއުރޯއަށް ހުށަހެޅުން އެދެމެވެ. އަދި އީމެއިލް ([email protected]) ނުވަތަ ފެކްސް (ނަންބަރު:3327351) ވެސް ޤަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި ސަރވޭގެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުނަމަ، މި ބިއުރޯގެ ނަންބަރު 3349494 / 3349496 ފޯނަށް ގުޅުއްވުން އެދެމެވެ.

10 އޮގަސްޓް 2016
ހޯދާ