ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މި ކޯޓުގެ މީޓިންގރޫމް 1 ގައެވެ.

- ހައިކޯޓުގެ ފަނޑިޔާރުންގެ ބްރީފިންގރޫމުގެ ބެލްކަނި ހިޔާކޮށް، ދިޔަދޮވި ހަރުކޮށް، ފެންހޮޅިތައް ގުޅައިދިނުން.

- ހައިކޯޓުގެ ފަސްޓްފްލޯރއަށް އަރާ ސިޑިއާ ދިމާލަށް ސެކިއުރިޓީ ފެންސެއް ޖަހައިދިނުން.

- ހައިކޯޓުގެ ދެވަނަ ފަންގިފިލާއަށް އަރާ ސިޑިކައިރީގައި ޕާޓިޝަން ޖެހުން.           

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ