މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޝޮޕް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް ޝޮޕް މެނޭޖަރ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވަޒީފާ ދޭ ފަރާތް: ސްކައުޓް އެސޯސިއޭޝަން / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/6,000 ރުފިޔާ

ވަޒީފާގެ ބާވަތް:

މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން ކޮންމެ އަހަރަކު ވަޒީފާގެ އެއްބަސްވުން އާކުރާގޮތަށް ހަމަޖެހިފައިވާ ވަޒީފާއެކެވެ.

ރިޕޯޓްކުރުން:

މި ވަޒީފާއަށް ހޮވޭ ފަރާތް ރިޕޯޓްކުރާނީ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި:

މި ވަޒީފާއަށް ހޮވޭ ފަރާތް މަސައްކަތްކުރާނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ ގިނަ ނުވާގޮތަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަނޑައަޅާ ގަޑިތަކެއްގައެވެ. އަދި ހަފުތާއަކު 48 އިރަށްވުރެ އިތުރުވާނަމަ، ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،  އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. އިނގިރޭސިބަހުން ލިޔެކިޔަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޝޮޕް އިންވެންޓްރީ ބެލެހެއްޓުން.
  2. ދުވަހުގެ ސޭލްސްރިޕޯޓް ތައްޔާރުކުރުން.
  3. އެސޯސިއޭޝަނުން ހިންގާ ޚާއްޞަ ދުވަސްތަކުގައި އެސޯސިއޭޝަންގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  4. ސްކައުޓް ސަޕްލައިސްގައި ބޭނުންކުރާ އައިޓަމްތައް ބެލެހެއްޓުމާއި، ރީއޯޑަރ ލެވެލަށް ދިއުމުން ޝޮޕަށް ބޭނުންވާ ތަކެތި ގަންނަން އޯޑަރު ދިނުމާއި، ބެލެހެއްޓުން.
  5. އަލަށް ލިބޭ ތަކެތީގެ މަޢުލޫމާތު ކަސްޓަމްރުންނަށް ފޯރުކޮށްދިނުން.
  6. ކަސްޓަމަރުން ބޭނުންވާ ތަކެތި ދެނެގަތުމާއި، ހަމަޖެހިފައިވާ އުސޫލުން އެތަކެތި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން.
  7. އެސޯސިއޭޝަނުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރައްކާތެރިކާމާއެކު އެލިޔެކިޔުންތައް ބެލެހެއްޓުން.
  8. އެސޯސިއޭޝަނުން ކުރިއަށްގެންދެވޭ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެސޯސިއޭޝަނުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި: 

- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓު www.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ.

- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.

ސުންގަޑި:  

މި މަޤާމުތަކަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، [email protected] އަށް އީމެއިލް ފޮނުވުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ ރިސެޕްޝަނަށް (ވެލާނާގޭގެ 8 ވަނަ ފަންގިފިލާއަށް) ހުށަހެޅުމަށް ދަންނަވަމެވެ.

އިންޓަރވިއު:

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، މިމިނސްޓްރީގައި ނުވަތަ ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 3341357 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

04 ޛުލްޤައިދާ 1437

07 އޮގަސްޓް 2016
ހޯދާ