ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަން ސަރވިސްކޮށް ރީލޮކޭޓް ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ކްރިމިނަލް ކޯޓަށް އެއަރ ކޮންޑިޝަން ސަރވިސްކޮށް ރީލޮކޭޓް ކުރުވުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 145-SP/2016/65 (14 އޮގަސްޓު 2016) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ 2 ފަރާތުންކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 11:00 އަށް ތީމުގޭ އުތުރުފަރާތުގައި ހަވީރީހިނގުމުގައި ހުންނަ ކްރިމިނަލްކޯޓުގެ ގްރައުންޑް ފްލޯއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 22 ވަނަ ދުވަހުގެ 11:00 އަށް ތީމުގޭ އުތުރު ފަރާތުގައި، ހަވީރީހިނގުމުގައި ހުންނަ ކްރިމިނަލް ކޯޓުގެ ގްރައުންޑް ފްލޯއަށް ވަޑައިގެންއަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 އޮގަސްޓް 2016
ހޯދާ