މަޤާމު:
|
ސީނިއަރ އޮޑިޓަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/10،500 ރުފިޔާ (ދިހަހާސް ފަސްސަތޭކަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/4،500 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް:
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- އެކައުންޓިންގ ނުވަތަ އޮޑިޓިންގގެ ދާއިރާއިން، އެމް.ކިއު.އޭ ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި މާސްޓަރސް ނުވަތަ ފަސްޓް ޑިގްރީ ނުވަތަ އެފެންވަރުގެ ކޮލިފިކޭޝަނެއް އޮތުން.
- ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމާއެކު، ނުރަސްމީގަޑިތަކުގައާއި، ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
- ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަންޖެހޭނެއެވެ.)
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަރވިއު:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
8 ޛުލްޤަޢިދާ 1437
|