މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޗް. އާރ. އެންޑް އެޑްމިން އޮފިސަރ

އިޢުލާން

މިކުންފުނީގެ ނަންބަރު: MSCL/GOV/IUL/2016/15 އެޗް. އާރ. އެންޑް އެޑްމިން އޮފިސަރ އިޢުލާނުގައި ޖޮބް އެޕްލިކޭޝަންފޯމު ހިމެނިފައިނުވާތީ، ޖޮބް އެޕްލިކޭޝަންފޯމާއެކު އަލުން އިޢުލާންކުރަމެވެ.

އެޗް. އާރ. އެންޑް އެޑްމިން އޮފިސަރ 

ވަޒީފާގެ ފުރުޞަތު:

އެޗް.އާރ. އެންޑް އެޑްމިން އޮފިސަރ

މަޤާމު

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/6000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ

- އެޓެންޑެންސް އެލަވަންސް: މަހަކު -/3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް ސަރވިސަސް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރ. އެންޑް އެޑްމިންގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރ. އެންޑް އެޑްމިންގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލެއްގައި މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • މި އޮފީހަށް އަންނަ ފޯންކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން
  • އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތައް ރޫޓްކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން
  • މި ކޯޕަރޭޝަންގެ ޢާންމު އީމެއިލަށް އަންނަ މެއިލްތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނެރަލް މެއިލްތަކަށް ޖަވާބުދާރީވުން.
  • އޮފީހުގެ ސްޓޭޝަނަރީ ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
  • މި ކޯޕަރޭޝަންގެ އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވުން
  • އެހެނިހެން ޑިޕާޓްމެންޓްތަކަށް އޮފީސް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ކަންތައްތައް ފުރިހަމަކުރުން
  • ކޯޕަރޭޝަންގެ ހިއުމަން ރިސޯސަސްއާ ގުޅުންހުރި މަސައްކަތްތައް، ސުޕަވައިޒަރުގެ ބެލުމުގެދަށުން ކުރުން
  • މުވައްޒަފުންގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ހޯދުމާއި، އެ ރިޕޯޓުތައް ތައްޔާރުކުރުން
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހާޒިރީއާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުންމަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ކޯޕަރޭޝަންގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ގެނައުމާއި، ފޮނުވާލުމާއި، ބިދޭސީންނާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން
  • ހިއުމަން ރިސޯސަސްގެ މަސައްކަތުގައި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން
  • ކޯޕަރޭޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އިމްތިޙާނު ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު
  • އެޗް.އާރ.ގެ މަސައްކަތްތައް ހިންގުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކުވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 3:00 އަށް) ގުޅާނީ، 7826050 ނުވަތަ 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

7 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ