މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ

 

ވަޒީފާގެ ފުރުޞަތު

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ. އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މުސާރަ:

މަހަކު -/8,835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

3,092/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ފައިނޭންސް ޔުނިޓް

ބޭނުންވާ އަދަދު

01 ( އެކެއް )

ޝަރުޠު

  1. އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝިއަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝިއަލް މެނޭޖްމަންޓުގެ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

  2. އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝިއަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

  3. އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާއި ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި ދާއިރާތަކުގެ ބަޖެޓަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި ލިބިފައިވާ ފައިސާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި ލިބިފައިވާ ފައިސާ އަދި އެހީގެ ގޮތުގައި ލިބޭ ފައިސާ މާލިއްޔަތުގެ ގަވާއިދާއި އަދިވެސް ސަރުކާރުގެ ފައިސާއާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތިން ޚަރަދު ކުރެވެމުންދޭތޯ ބެލުމާއި މިނިސްޓްރީގެ ބަޖެޓް މިދެންނެވި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚަރދު ބެލެހެއްޓުން

  2. މިނިސްޓްރީއާއި ދާއިރާތަކުގެ ބަޖެޓް މަހުން މަހަށް ޚަރަދު ކުރެވެމުންދާ މިންވަރު ބަލައި ކޮންމެ މަހެއް ނިމުމުން ބަޖެޓް ޚަރަދު ރިޕޯޓު ދާއިރާތަކުން ތައްޔާރުކުރޭތޯ ބެލުމާއި މިނިސްތްރީގެ ބަޖެޓް ރިޕޯޓު ތައްޔާރުކުރުވުން

  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ މަސައްކަތް ކުރައްވާ އެކި ޕްރެޖެކްޓުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަން ދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުން.

  4. ފައިނޭސް ޔުނިޓުގައި ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގެ އެންމެހައި މަސައްކަތްތައް ކުރުން 

  5. ޔުނިޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ބަލައި ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ނުކުރައްވާ މުވައްޒަފުންނަށް މަސައްކަތް ނިންމެވުމަށް ބާރުއަޅުއްވާ އަންގާގޮތެއްގެ މަތިން މަސައްކަތް ނުކުރައްވާ މުވައްޒަފުންނާމެދު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޗް.އާރު .އާ ގުޅިގެން އެޅުއްވުން

  6. މިނިސްޓްރީއަށް ހޯދޭ ތަކެއްޗާއި ދެވޭ ޚިދުމަތްތަކާއި ހިންގޭ ޕްރޮޖެކްޓުތަކާ ގުޅިގެން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާ ވިޔަނުދީ ދައްކަންޖެހޭ ފަރާތްތަކަށް ދެއްކުން

  7. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ޕާމަނަންޓް ސެކްރެޓެރީގެ ލަފާގެ މަތިން ތައްޔާރުކޮށް ފިނޭސްމިނިސްޓްރީއަށް ފޮނުވުން

  8. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކުންނާ އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފައިސާއާބެހޭ ގޮތުން ފޮނުވާ ސިޓީ، މެމޯ، މެސެޖު އަދި އެނޫންވެސް ލިއުންތަކަށް ދޭންޖެހޭ ޖަވާބު ޕާމަނަންޓް ސެކްރެޓެރީ އަދި ކޯޕަރޭޓް ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެ މަތިން ދިނުމާއި ފައިނޭންސް ޔުނިޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު، މެމޯއާއި ރިޕޯޓްފަދަ ތަކެތި ފޮނުވުން

  9. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ އިސްވެރިންނާއެކު އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މިނިސްޓްރީގެ ބަޖެޓުގެ އެކިއެކި ކަންކަމާއި ގުޅިގެން ރާއްޖެ އާއި ރާއްޖޭންބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން

  10. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ އިސްވެރިންނާއި އެނޫން މުވައްޒަފުން ރާއްޖެއާއި ރާއްޖޭންބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ކަންތައް ހަމަޖެއްސުން

  11. މިނިސްޓްރީގެ އިންޓާނަލް އޮޑިޓުންނާއި ރާއްޖޭގެ އޮޑިޓަޖެނެރަލް އޮފީހުން ކުރައްވާ އޮޑިޓުތަކާ ގުޅިގެން ލިބިފައިވާ ބަޖެޓުން ޚަރަދު ކުރެވެމުންދާ މިންވަރު ބަލައި ކޮންމެ 3 މަހަކުން އެއްމަހު ބަޖެޓް ޕާފޯމެންސް ރިޕޯޓެއް ތައްޔާރުކޮށް ޕާމަނަންޓަ ސެކްރެޓެރީއާ ޕޮލެޓިކަލީ ބޭފުޅުންނާއި މިނިސްޓްރީގެ ހިމެނޭ ޑިޕާޓްމަންޓުތަކާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ އިސްވެރިންނަން ހުށަހެޅުން.

  12. ބަޖެޓާ ގުޅިގެން ޔުނިޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށާއި ޔުނިޓަށް އަލަށް ލެއްވޭ މުވައްޒަފުންނަން ދޭންޖެހޭ ޓްރޭނިންގ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިނުން.

  13. މިނިސްޓްރީއަށް ޕެޓިކޭހުގެ ގޮތުގައި ފައިސާ ލިބިއްޖެ ނަމަ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕެޓީކޭޝް ބެލެހެއްޓުމާއި ޕެޓީޓީ ކޭހުން ޚަރަދު ކުރެވެމުންދާ ގޮތުގެ ރިޕޯޓު ސަރުކަރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

  14. މިނިސްޓްރީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ފަހަރަށް ދައްކަންޖެހޭ އަހަރީފީއާއި ޗަންދާ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަމާ ބެހޭ ޑިޕާޓްމަންޓަކުން ނުވަތަ ސެކްޝަނަކުން ނުވަތަ ޕްރޮޖެކްޓަކުން އެދިއްޖެ ހިނދެއްގައި އެ ފައިސާ މިނިސްޓްރީން ދައްކަންޖެހޭ ފައިސާއެއްނަމަ އެ ފައިސާއެއް ދެއްކުން.

  15. މިނިސްޓްރީން ދޭންޖެހޭ ޚިދުމަތަކަށް ބަޖެޓުގައި ހިމެނިފައިނުވާ ފައިސާއެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި ޕާމަނަންޓް ސެކްރެޓެރީއާއި ފައިނޭންސް ކޮންޓްރޯލާގެ އިރުޝާދުގެ ދަށުން އެ ފައިސާއެއް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން

  16. ފައިނޭންސް ޔުނިޓަށް އަންނަ އެންމެހައި ލިޔެކިއުންތަކަށް ޖަވާބުދިނުމާއި އީގަވަމެންޓް ނިޒާމުގެ ދަށުން ލިބޭ ލިޔެކިއުންތައް ބަލައި ދުވަހުން ދުވަހަށް ޗެކުކުރުމާއި މޭލުގެ ޒަރީޢާއިން އަންނަ ލިއުންތަކަށް ޖަވާބުދާރީވުން.

  17. ފައިނޭންސް ޔުނިޓުން ހަދަންޖެހޭ އާންމު އުސޫލުތަކާއި ޕްރޮސީޖަރތައް ހެދުން.

  18. ޔުނިޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލްސަރވިސް ގަވާއިދާއި ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވާ މުވައްޒަފުންނާމެދު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.

  19. މި ނޫނަސް އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޕަރމަނަންޓް ސެކްރެޓަރީއާއި ކޯޕަރޭޓް މެނޭޖްމަންޓު ސެކްޝަނުންއަންގާ މަސައްކަތްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި މައިކްރޯ ސޮފްޓް އެކްސެލް ބޭނުން ކުރަން އެނގޭ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާން ކުރުން 20 ސެޕްޓެންބަރު 2016 އާއި 06 އޮކްޓޫބަރު 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                       7   ޛުލްޤަޢިދާ 1437  

 

 

11 އޮގަސްޓް 2016
ހޯދާ