މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

ބޭނުންވާ އަދަދު

01   މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް                   ރޭންކް: EX 5

މުސާރަ

މަހަކު -/13890 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ގަވާއިދުތައް ހެދުމާއި، އެ ގަވާއިދުތައް ތަންފީޒުކުރުމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ކަނޑައެޅުމާއި، އެޖެންސީ ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި، ޕްރޮޖެކްޓްތައް ތަންފީޛު ކުރެވެމުންދާގޮތް ބެލުމާއި، އެޖެންސީގެ މަސައްކަތްތަކަށް ކަނޑައެޅޭ ބަޖެޓް ބޭނުންކުރެވެމުންދާގޮތް ބެލުމާއި، އަދި މީގެ އިތުރުންވެސް އާންމު ޞިއްޙަތުގެ ދާއިރާއިން ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، މިނިސްޓްރީގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތު ދާއިރާގެ މަޤާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޕަބްލިކް ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތު ދާއިރާގެ މަޤާމެއްގައި އީއެކްސް 3 ން ފެށިގެން މަތީގެ ރޭންކެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ޕްރެޒެންޓޭޝަން ހުށަހެޅުން

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ.

  1. ޕްރެޒެންޓޭޝަން ދޭނީ އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރއެއް މެދުވެރިކޮށް ނުވަތަ ހޭންޑްއައުޓްގެ އެހީގައެވެ.
  2. ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ދިވެހިބަހުންނެވެ.
  3. ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންވެސް ޕްރެޒެންޓޭޝަން ހުށަހެޅިދާނެއެވެ. ޕްރެޒެންޓޭޝަންގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުޢާމަލާތު ކުރުމުގެ ޤާބިލު ކަމަށެވެ.

ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭނެ ބައިތައް

  1. ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރަފެއް).
  2. ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އޭގެ ނަތީޖާތައް.
  3. ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެ ގޮތުގެ ތަޞައްވަރު.
  4. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތުގެ ތަޞައްވަރު.
  5. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަޞައްވަރު.
  6. ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެ ކަމަށް ފެންނަ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް.
  7. ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ޝޯޓްޓާރމް ޓްރެއިނިންގްސް) ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ޓްރާންސްކްރިޕްޓާއެކު). (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

10 އޮގަސްޓް 2016
ހޯދާ