މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

އިއުލާން

ޕްރޮކިއުމަންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު:

ޕްރޮކިއުމަންޓް އޮފިސަރ / (ޕާޓްޓައިމް) ހަފުތާއަކު 12 ގަޑިއިރު

މަޤާމު

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު -/4200 ރުފިޔާ

މުސާރަ

3 މަސްދުވަސް

ވަޒީފާގެ މުއްދަތު

1 (އެކެއް)

ބޭނުންވާ އަދަދު

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަތީ ސާނަވީ ފެންވަރު ހުރުން

މަޤާމުގެ ޝަރުޠުތައް

  • ކޯޕަރޭޝަނަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބްލްސް އަދި އެސެޓް ފަދަ ތަކެތީގެ ތެރެއިން ކޯޕަރޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ހޯދަންޖެހޭ ތަކެތި ގަތުން.
  • ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • މާލިއްޔަތު ޤާނޫނާއި ސްޕޯޓްސް ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަކެތި ހޯދުމުގެ މަސައްކަތްކުރުން.
  • ގަނެގެން ގެނެވޭ ތަކެތީގެ ފެންވަރު ބެލުމާއި، ކޮލިޓީ ތަކެތި ގަތުމަށް ބާރުއަޅައި މަސައްކަތްކުރުން.
  • ތަކެތި ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންޓެކްޓް މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރކުރުމާއި، އެ މުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށް ނިންމުން.
  • ކޯޕަރޭޝަންގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވާއިދުން ރެކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • ކޯޕަރޭޝަންގެ ޑިޕާޓްމަންޓްތަކުން އަދި ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ލިޔުންތައް ލިބުމުން އެންޓްރީކޮށް އަޕްޑޭޓްކުރުން. އަދި ކޯޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުން
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއެކު އެޓޭޗްކުރެވިފައި)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

18 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.    

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 3:00 އަށް) ގުޅާނީ، 7826050 ނުވަތަ 3336725 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016
ހޯދާ