ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން

އިޢުލާން

ހައުސިންގ ޔުނިޓްތަކުގެ ގުރުއަތުލުމާ ބެހޭ:

މި ރަށުން ވިއްކުމަށް ހަމަޖެހިފައިވާ 30 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން 2016 އޮގަސްޓު 28 ވަނަ ދުވަހުގެ 10:00 ގައި ހަނިމާދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ގުރުއަތު ނެގުމުގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުން ގުރުއަތު ނެގުމަށް ވަޑައިގެންދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކު ގުރުއަތުގައި ބައިވެރިވަނީ ކޮން ފަރާތެއްގެ ބަދަލުގައިކަން އެނގޭނޭ، ހައުސިންގ ޔުނިޓް ލިބޭ ފަރާތުން ސިޓީއެއް ގެންނެވުން އެދެމެވެ. ގުރުއަތު ނެގުމުގައި ބައިވެރިނުވާ ފަރާތްތަކާއި ބަދަލުގައި މީހަކު ނުފޮނުއްވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މި ކައުންސިލުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ކަމުގައި އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

03 އޮގަސްޓް 2016
ހޯދާ