ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް

ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އަޑުއެހުމުން މަޙުރޫމް ވެފައިވާ ކުދިންނަށް ޚާއްޞަކޮށްގެން މި ސްކޫލްގައި ހިންގާ ކްލާސް ރޫމްތަކުގައި ނޮވިލޯން އަޅައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

08 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ