ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރ

އިޢުލާން

މި ކުންފުނީގެ ނަމްބަރު 60-އޭޑީއެމް/170/2016 ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: ލޭބަރ ގރ 1 (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 1

އަސާސީ މުސާރަ:-/3240 ރ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* މުދާ ލޯޑުކުރުމާއި އަންލޯޑުކުރުން

* ދުވަހުން ދުވަހަށް ގުދަން ސާފުކުރުން

* ހަރުގަނޑުތަކުގައި މުދާ އެތުރުން

* މުދާ ދޫކުރުމުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

* އަސާސީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން

* ދިވެހި ބަހާއި އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގުން

އެހެނިހެން ހުނަރު:

* ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސަައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

* ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހެެއްކަމުގައިވުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 17 ވަނަ ދުވަހު 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.

  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތު ތަޖުރިބާއާއި، އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344179/3344368  ފެކްސް:  3344041  އީމެއިލް: [email protected]

 

10 އޮގަސްޓް 2016
ހޯދާ