ދިވެހިރާއްޖެ
އިޢުލާން
މި އެޖެންސީގެ ބޭނުމަށް މިދަންނަވާ ލިޔުންތައް ތަރުޖަމާކުރުމަށް ބޭނުންވެއެވެ. ވީމާ މިކަން ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 12:00 ގައި މި އެޖެންސީގެ 4 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 21 ވަނަ ދުވަހުގެ 13:00 އަށް 4 ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ނަމުގައި އެކަނި ކަމުގައި ދެންނެވީމެވެ.
ތަރުޖަމާ ކުރަންޖެހޭ ލިއުން |
ތަފުސީލު |
|
ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާތަންތަން ކަނޑައެޅުމުގެ ގަވާއިދު. |
11 ސަފުހާ |
ދިވެހި ބަހުން އިނގިރޭސި ބަހަށް |
ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ހުއްދަކުރެވިފައިވާ ތަންތަން ކަނޑައެޅުމުގެ ހުއްދަދިނުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއި، މިންގަނޑުތަކާއި، އުސޫލު. |
13 ސަފުހާ |
ދިވެހި ބަހުން އިނގިރޭސި ބަހަށް |
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ) ގެ އާޓިކަލްތަކާގުޅޭ ގައިޑްލައިންތައް. |
އާޓިކަލް 5.3 (13 ސަފުހާ) އާޓިކަލް 6 (11 ސަފުހާ) އާޓިކަލް 8 (9 ސަފުހާ) އާޓިކަލް 9 އަދި 10 (19 ސަފުހާ) އާޓިކަލް 11 (12 ސަފުހާ) އާޓިކަލް 12 (20 ސަފުހާ) އާޓިކަލް 13 (18 ސަފުހާ) އާޓިކަލް 14 (14 ސަފުހާ) |
އިނގިރޭސި ބަހުން ދިވެހި ބަހަށް |
06 ޛުލްޤަޢިދާ 1437