ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

ސެކްޝަން: ރިސޯސް މެނެޖްމެންޓް ސެކްޝަން

މުސާރަ:

-/8835 ރުފިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އެޑްމިނިސްޓްރޭޝަން/ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްމިނިސްޓްރޭޝަން/މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުގެ ރިސޯސްސް މެނެޖްމަންޓް ސެކްޝަން ގައި އެކުލެވިގެންވާ ޔުނިޓުތަކުގެ އެންމެހައި މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން
  • މި ޑިޕާޓްމަންޓުގެ ބަޖެޓާއި ފައިސާއާބެހޭ މުޢާމަލާތުތައް މާލިއްޔަތު ޤާނޫނު/ ގަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމާއި މިއާ ޚިލާފަށް ކަމެއް ހިނގާކަން އެގިއްޖެނަމަ، ވަގުތުން އެކަމެއް އޮފީހުގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
  • މި ޑިޕާޓްމަންޓުގެ ބަޖެޓުން ޚަރަދު ކުރުމުގެ އެންމެހައި ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރުވައި ބެލެހެއްޓުން
  • މި ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް މުވައްޒަފުންނަށް ދިނުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ހިނގާ ގޮތް ގަވާއިދުން ބެލެހެއްޓުން
  • މި ޑިޕާޓްމަންޓަށް އާމްދަނީއާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ބަލައިގަތުމާއި، އެ ފައިސާ އެކައުންޓަށް ޖަމާކުރުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރުވައި ބެލެހެއްޓުން
  • މި ޑިޕާޓްމަންޓަށް ލިބޭ ފައިސާގެ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވާ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން
  • މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިމްތިޙާނުތަކާ ގުޅިގެން ޚަރަދުކޮށްގެން ކުރަންޖެހޭ ހުރިހާ ކަމެއް، އިމްތިޙާނު ހިންގުމާ ޙަވާލުވެ ތިބޭ މުވައްޒަފުންނާއި މަޝްވަރާ ކޮށްގެން އިންތިޒާމު ކުރުމާއި، އެފަދަ ޚަރަދުތައް ކުރުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ ހޯދުމާއި ކުރަންޖެހޭ އެގްރީމެންޓް ކުރުންފަދަ އެންމެހައި ކަމެއް ކުރުން.
  • މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިމްތިޙާނުތަކާ ގުޅިގެން އޮފީހަށް ލިބެންޖެހޭ ފައިސާގެ މިންވަރު އިމްތިޙާނު ހިންގުމާ ހަވާލުވެ ތިބޭ މުވައްޒަފުންނާ މަޝްވަރާކޮށްގެން ކަނޑައަޅައި ލިބެންޖެހޭ ފައިސާ، އިމްތިޙާނު ބޭއްވުމުގެ ކުރިން ހޯދުން
  • މި ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިގާ ގޮތް ބެލެހެއްޓުން
  • މި ޑިޕާޓްމަންޓުން ރާވައި އިންތިޒާމުކުރާ ޙަރާކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން
  • އިމްތިޙާނުތަކާ ގުޅިގެން މިޑިޕާޓްމަންޓުން ރާވައި އިންތިޒާމުކުރާ ދަތުރުތަކުގައި ބައިވެރިވުން
  • އިމްތިޙާނުތަކާ ގުޅޭގޮތުން، އެ ވަގުތަކު ޚިދުމަތަށް އެދިގެން، ސެކްޝަންގެ/ އޮފީހުގެ ވެރިން އަންގަވާ މަސައްކަތް ކުރުން.
  • އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރު ކުރުން

- އިންޓަރވިއުކޮށްގެން

 

އިންޓަރވިއު ކުރުން: މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)  

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް ނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން

ރ.  ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން

ބ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، ގުޅޭނެ ނަންބަރާ އީމެއިލް އެޑްރެސް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން

ނޯޓު: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ޑިޕާޓްމަންޓުގެ ނަންބަރު 3009339 ފޯނަށް

7 ޛުލްޤައިދާ 1437

10 އޮގަސްޓް 2016
ހޯދާ