ހިތަދޫ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ ބޭނުމަށް ސެކިއުރިޓީ ޔުނިފޯމު، ކެމްޕަހުން ދޭ ނަމޫނާއާ އެއްގޮތަށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 11:30 އަށް މި ކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުކަރުދާސް, ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 14:00 އާ ހަމައަށް ދޫކުރެވޭނެއެވެ. ނަމަވެސް, އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި މި ކެމްޕަހުގައެވެ.

08 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016
ހޯދާ