މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ޑައިރެކްޓަރ، ލީގަލް އެފެއާޒް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފަކަށް ވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

މި ކޮމިޝަނުގެ ނަންބަރު IUL427-OPR/1/2016/16 ގެ އިޢުލާނަށް އިޖާބަދީފައިވަނީ އެންމެ ފަރާތެއްކަމުން، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް: ޑިރެކްޓަރ، ލީގަލް އެފެއާޒް

ގްރޭޑް: 1

ސެކްޝަން: ލީގަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް، މޮނިޓަރިންގ އެންޑް ލައިސަންސިންގ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/11،000 ރުފިޔާ

ލިވިންގް އެލަވަންސް: މަހަކު -/3،000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

އިތުރު ޢިނާޔަތްތައް: 

- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް، ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މި ދާއިރާއިން މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ދިވެހިބަހާއި، އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން.

- މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭ، ހީވާގި، ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން.

- މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ޑިޕާޓްމަންޓް އޮފް ލީގަލް އެފެއާޒް، މޮނިޓަރިންގް އެންޑް ލައިސަންސިންގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

- ޝަރުޢީ ދާއިރާއިންނާއި ޤާނޫނީ ދާއިރާއިން ކޮމިޝަނަށް ބޭނުންވާނެ ލަފާދިނުމަށްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި، އެފަދަ ކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބު ތައްޔާރުކުރުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢުކުރުން.

- ކޮމިޝަނުގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

- ކޮމިޝަންގެ އެންމެހައި ސިޔާސަތުތަކާއި، ގަވާއިދުތަކާއި، އުސޫލުތައް އެކުލަވައިލުމުގައި ޤާނޫނީ ލަފާ ދިނުމާއި، މިފަދަ މަސައްކަތްތައް ހިންގުން.

- ޤާނޫނުތައް ދިރާސާކޮށް، ކޮމިޝަނުގެ އިޚްތިޞާޞްތަކާ ފުށުއަރާ ދާއިރާތައް ފާހަގަކޮށް، އެކަންކަން އިޞްލާޙުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

- ކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

- ކޮމިޝަނުގެ ތަޞައްވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

- ކޮމިޝަނުގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ www.broadcom.org.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) )

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

- 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

- އީމެއިލްގެ ޒަރީޢާއިއިން ފޮނުވާ އެޕްލިކޭޝަން ބަލައިއެއް ނުގަނެވޭނެއެވެ.

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

- ބްރޯޑްކާސްޓް ޕޮލިސީހެދުމުގެ މަސައްކަތްކޮށް، ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މި ވަޒީފާއަށް ހޮވިއްޖެނަމަ، އަމިއްލަ ޕްރޮފެޝަނާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވިސްނާފައިވާގޮތް.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3334317 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3334334 އެވެ. އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ www.broadcom.org.mv ގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ. 

ނޯޓު: މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ. 

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016
ހޯދާ