މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2 ލިފްޓް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފިލާބިލްޑިންގ 1 އަދި ވިލިނގިލީ އެދުރުވެހި ޢިމާރާތުގައި މިހާރު ހުރި 2 ލިފްޓް ނަގައި އާ 2 ލިފްޓް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު(IUL)22-TF/1/2016/171  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމުގައިވާތީ، ތިރީގައި މި ދަންނަވާ 2 ޢިމާރާތުގައި ހުރި 2 ލިފްޓް ނަގައި އާ 2 ލިފްޓް ބެހެއްޓުމުގެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

  • ވިލިނގިލީ އެދުރުވެހި (ދެކުނު ފަރާތުގެ ލިފްޓު)
  • ފިލާބިލްޑިންގ 1 ގެ ލިފްޓް

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 14 ވާ އާދިއްތަ ދުވަހުގެ 11:00 އަށް

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.

09 އޮގަސްޓް 2016
ހޯދާ