ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ.އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ކުރިމިނަލް ކޯޓު

އަސާސީ މުސާރަ:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

- ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި، މަހަކު، މުސާރައިގެ %40

- އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި، ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.

2. ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން.

3. ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައްކުރުން.

4. ރެކޯޑިންގ ބަޔާންތައް ލިޔުން.

5. އިދާރީ އެހެނިހެން މަސައްކަތްތައް.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.criminalcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތާބެހޭ މަޢުލޫމާތު ހިމެނޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވި މުއްދަތާއި، މަޤާމުގެ ނަމާއި، ރޭންކާއި، އެޕްރައިޒަލްއަށް ލިބިފައިވާ މާކްސްތަކާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނެހެން)

ސުންގަޑި:

2016 އޮގަސްޓު 18 ވަނަ ދުވަހުގެ 14:00

އިންޓަވިއު:

- މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، ތަޖުރިބާއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.

 4 ޝައްވާލް 1437

07 އޮގަސްޓް 2016
ހޯދާ