ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ސުޕަވައިޒަރ (ފިރިހެން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:


ސުޕަވައިޒަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 13 ޖުލައި 2016 ގައި ކޮށްފައިވާ HPSN-IL/2016/12 ނަންބަރުގެ އިޢުލާނުގައި، މަޤާމުގެ ޝަރުޠުތަކުގައި މައްސަލަތަކެއް ހުރުމުން، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމް:

ސުޕަވައިޒަރ (ފިރިހެން)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ

 

 

 

ތަޢުލީމާއި ތަޖުރިބާ:

- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ސެކެންޑެރީ ސްކޫލް  ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެކިއެކި ޓްރެއިނިންގ ކޯސްތަކާ ގުޅޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ހިންގުން.

- އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި ވާރކް ޝޮޕްތައް ރާވައި، އިންތިޒާމްކޮށް ހިންގުން.

- މަރުކަޒުން ބަލަހައްޓަމުންދާ މީހުންނާއި، އެމީހުން ތިބޭ ވާރޑްތަކުގެ ކަންތައްތައް ހިނގާނުހިނގާގޮތް ސުޕަވައިޒްކުރުމާއެކު، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށް ބަލިމީހުންނާބެހޭ އެންމެ އިސްމީހަކަށް ހުށަހެޅުން.

- އެކިއެކި ޓްރެއިނިންގއަށް އަންނަ ގްރޫޕްތަކާ ގުޅޭ އެންމެހައި ކަންކަމުގައި ކޯޑިނޭޓްކޮށް ބެލެހެއްޓުން.

- މަރުކަޒުން ބަލަހައްޓަމުންދާ މީހުންގެ ތެރެއިން މާލެ ފޮނުވަންޖެހޭ ބަލިމީހުންގެ އެޕޮއިންޓްމަންޓްތައް ހަދައި، އެމީހުން މާލެފޮނުވުމާ ގުޅޭ މުވައްޒަފު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަވާއިރު އެފަދަ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

- މަރުކަޒުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން މީހަކު ސުޕަވައިޒަރުގެ ޑިއުޓީގަޑީގައި ވައިލެންޓުވެ ބެލެހެއްޓުމަށް ދަތިވާނަމަ، ޑޮކްޓަރުންގެ ލަފަޔާއެކު، އެންމެ އިސްވެރިޔާގެ މަޝްވަރާގެމަތިން ގަވާއިދުން ބަންދުކުރުމާއި ދޫކުރުން.

- މަރުކަޒުގެ ބެލުމުގެ ދަށުގައިވާ މީހަކު ނިޔާވެއްޖެނަމަ، އެކަން މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ކުރިއަށްގެންދިއުން.

- ހަވާލުކުރާ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުމާއި، އެ ޑިއުޓީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

- މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން އާންމުކޮށް ނުހިނގާ، ޚާއްޞަގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.

- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯމު ހުށަހެޅުން. ފޯމު ބަލައިގަނެވޭނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 1:30 އަށެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތާ އިންޓަވިއުކުރުން އޮންނާނީ، 2016 އޮގަސްޓު މަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.

4 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ