ދިވެހިރާއްޖެ
މަޤާމު: |
ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް (އީ.އެކްސް 5) |
ބޭނުންވާ އަދަދު: |
1 |
|
މުސާރަ: |
މަހަކު -/13،890 ރުފިޔާ |
ސާރވިސް އެލަވަންސް: |
މަހަކު -/2,000 ރުފިޔާ |
|
ކްލެސިފިކޭޝަން: |
ޑިރެކްޓަރ ޖެނެރަލް |
|||
އޮފީސް /ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ |
ސެކްޝަން/ޑިވިޝަން: |
ފިސްކަލް އެފެއާޒް ޑިވިޜަން |
|
މަޤާމުގެ ޝަރުޠު: |
އިތުރު ތަފުސީލު ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ. |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
|||
އުޖޫރައާއި ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. |
|||
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
- ހިންގުމުގެ ޤާބިލުކަންހުރި މިންވަރު - މުދަލާއި ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމާއި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު - ލީޑަރެއްގެ މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ސެޕް ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ މިންވަރު - މާލިއްޔަތާ ގުޅޭ ޤާނޫނުތަކަށް (މާލިއްޔަތު ޤާނޫނު، މާލިއްޔަތު ގަވާއިދު، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަހުލުވެރިވެފެވައިވާ މިންވަރު. |
|||
އިންޓަރވިއު |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮގަސްޓު 21 އިން ސެޕްޓެންބަރު 8 އާ ދެމެދު މާލޭގައި އޮންނާނެއެވެ. އަދި އިންޓަރވިއު ބޭއްވޭ ތަން އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ވަނަވަރު / ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް - ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). |
|||
ސުންގަޑި: |
2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް. |
|||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349129/3349169 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން ބޭއްވޭނެއެވެ. |