ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
އޮފީސް އެސިސްޓެންޓް |
މަޤާމުގެ ރޭންކް: އެސް. އެސް. 2 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ހައިކޯޓު ދެކުނު ގޮފި / ސ. ހުޅުދޫ – ސ. މީދޫ، ދިވެހިރާއްޖެ. |
|
އަސާސީ މުސާރަ: |
މަހަކު -/3،470 ރުފިޔާ |
|
އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް: މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %45 (މަހަކު) - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު:
|
1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
1. އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމްތައް ހަމަޖެއްސުން. 2. ހައިކޯޓު ދެކުނު ގޮފީގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިއެކިއުންތަކާއި، ޗިޓްތައް ފޮނުވުމުގެ މަސައްކަތް ކުރުން. 3. ޕްރޮކިއުމަންޓަށް ލިބޭ ތަކެތި ބަލައިގަނެ، ސްޓޮކުގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން. 4. އެކި ބައްދަލުވުންތަކަށް ތަންތަން ތައްޔާރުކުރުމާއި، ތަކެތި އުފުލުންފަދަ މަސައްކަތްތައް ކުރުން. 5. ފަނޑިޔާރުންނާ ކޯޓުގެ އިސްވެރިން ރަށުން ބޭރަށް ކުރާ ދަތުރުތަކުގައި އެބޭފުޅުންގެ ދަތުރުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ކަމާގުޅޭ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރުން. 6. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން. |
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ޞިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން. - އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއްކަމުގައިވުން. - ސ. ހުޅުދޫއާއި މީދޫގެ މަގުތަކާއި، ގޯތިތައް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން. - އައްޑޫ ސިޓީގައި މުގީމުވެ ހުންނަ ފަރާތަކަށްވުން. |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު. 2. ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފިންނާއި، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. (ވަޒީފާއަށް އެދޭ ފޯމު، ހައިކޯޓު ދެކުނު ގޮތްޕަށާއި، ޑިޕާޓްމަންޓަށް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމެވެ.) - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލުކުރެވޭނެއެވެ. - އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ. - އިންޓަވިއުއަށް ހާޒިރުވާއިރު، ޝަރުޢީ ދާއިރާގެ މަޢުލޫމާތާއި، ދާއިރާއާ ގުޅޭ ގަވާއިދުތަކަށް އަހުލުވެރިވުމަކީ މުހިންމުކަމެކެވެ. - މި ވަޒީފާއަށް ހޮވޭ ފަރާތް މަޤާމަށް ޢައްޔަންކުރެވޭނީ، އެ ފަރާތްތަކާބެހޭ މަޢުލޫމާތު، ދައުލަތުގެ އިދާރާތަކުން ހޯދުމަށްފަހުގައެވެ. މިކަމަށް ވަގުތު ނަގާނެއެވެ. - މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3006280 ނަންބަރު ފޯނަށެވެ. |
|
4 ޛުލްޤަޢިދާ 1437 |