މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޯން ބަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އިދާރާގައި 3 އެއަރކޯން ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ މެންދުރުކުރީގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮގަސްޓު 2016 ވާ އަންގާރަދުވަހުގެ މެންދުރުކުރީގެ 11:00 އަށް، އަންދާސީހިސާބާއެކު މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައަކަށް ލައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ބ. ކިހާދޫ ކައުންސިލްގެ އިދާރާގެ އެއަރކޯން ބެހެއްޓުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހާޒިރުގައިކަމަށްވާތީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ