ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިސްކިތްތަކުގެ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ:

މި އިދާރާގެ ނަންބަރު (IUL)266-A/266/2016/67 (11 ޖުލައި 2016) އިޢުލާނާ ގުޅިގެން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ 03 ފަރާތުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމުގައި ދަންނަވަމަވެ. އަދި ވިޔަފާރި ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބިޑާބެހޭ މަޢުލޫމާތުދިނުމާއި، ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަންބަރު 6521170 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ