ދިވެހިރާއްޖެ
އިޢުލާން
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރު (އެމް.އީ.އާރް.އޯ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެދަށުން ކުރިއަށްގެންދާ "ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ މޮނިޓަރިންގ، އިވެލުއޭޝަން އަދި ރިޕޯޓިންގ މަސައްކަތްތައް މެނޭޖްކުރާނެ މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރެއް ހޯދަން ބޭނުންވެއެވެ.
ޕްރޮޖެކްޓް މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަޝްރޫޢުގެ އެކިއެކި ހަރަކާތްތައް ކަނޑައެޅިފައިވާ ވަގުތާއި ފެންވަރު ބެލޭވަރުގެ އިވެލުއޭޝަން އަދި މޮނިޓަރިންގ ފްރޭމްވާރކްއެއް ތައްޔާރުކޮށް، ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން މޮނިޓަރކޮށް، ޕްރޮޖެކްޓް ޓީމާއި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ހިންގައި، އިވެލުއޭޓްކޮށް، މޮނިޓަރކުރުމާއި ރިޕޯޓްތައް ތައްޔާރުކުރުމާއި، އެކުލަވައިލެވޭ ފްރޭމްވާރކާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ.
މޮނިޓަރިންގ، އިވެލުއޭޝަން އެންޑް ރިޕޯޓިންގ އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
(ހ) އިންޓަރނޭޝަނަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގައި އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން.
(ށ) ޑިވެލޮޕްމަންޓް ސެކްޓަރގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ސައުތު އޭޝިއާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ސެކްޓަރގައި، މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޮގްރާމް ތައްޔާރުކުރުމާއި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ނ) ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާގެ ޕްރޮޖެކްޓްތައް ބޭނުންވާ މިންވަރަށާއި، ދެމެހެއްޓެނިވިކަން ވަޒަންކުރެވޭނެގޮތް ބެލޭނެފަދަ ޕްރޮޖެކްޓްތަކުން ނިކުންނަ ނަތީޖާ ބެލުމަށްޓަކައި މަދުވެގެން 3 މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްރޭމްވާރކް ޑިޒައިންކޮށް މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ރ) ޕްރޮޖެކްޓާބެހޭ މަޢުލޫމާތު، ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި، އެ ލަނޑުދަތިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ނަގައިގަތުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ބ) އިނގިރޭސިބަހާއި ދިވެހިބަހުން މުވާސަލާތްކުރުމުގެ ހުނަރު ލިބިފައިވުން
(ޅ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.
(ކ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
(އ) އިންޓަވިއުއަށް ހޮވިފައިވާ ފަރާތްތަކަށް، އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ އަދި އެފަރާތެއް ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.
(ވ) މި މަޤާމަށް ހޮވޭ ފަރާތައް ކުރަންޖެހޭ ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި އެ ލަނޑުދަތިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެނގެންވާނެއެވެ. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
އުޖޫރަ:
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި، މަހަކު -/30,000 ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
ސުންގަޑި:
ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 453-3018-960+
ފެކްސް: 301-3018-960+
އީމެއިލް: [email protected]
އިތުރު މައުލޫމާތު:
- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އެޑްރެހަށް އީމެއިލްކުރުން އެދެމެވެ. ނުވަތަ މި މިނިސްޓްރީގެ 3018453 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
3 ޛުލްޤަޢިދާ 1437