މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތަށް ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމު:        ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:   01 (އެކެއް)

މުސާރަ:        ދެފަރާތް އެއްބަސްވާ މިންވަރަކަށް

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައި ވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓްގެ http://eedp.moe.gov.mv/#/ ގެ "ޑައުންލޯޑްސް" އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓު 2016 މި ތާރީޚުގެ 14:00 ގެ ކުރިން އެދުރުހިޔާ ޢިމާރާތުގެ 09 ވަނަ ފަންގިފިލައަށް، ކޯޑިނޭޝަން ސަޕޯޓް ޔުނިޓަށް އެޑްރެސްކުރައްވައި، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ  

 އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

      އޮޕަރޭޝަންސް އޮފިސަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ.އެސް.ޔޫ.)،

      09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

       މާލެ، ދިވެހިރާއްޖެ

       ފޯނު: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން:

- މި މަޤާމަށް ހޮވޭނީ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ. ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު:  

- މި މަގާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341319 އަށް ގުޅުއްވުން އެދެމެވެ.

4 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016
ހޯދާ