ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމްޕިޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސައްކަތްގެ ތަފުސީލު

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް "ކޮމްޕިޓެންސީ ބޭސްޑް ރެކްރޫޓްމަންޓް ސިސްޓަމް" އަށް ބައްޓަންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ތަންފީޒުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ޓޫލްތައް ޑިވެލޮޕްކުރުމުގައި އެހީދޭ ޖަމްޢިއްޔާތަކުން ނުވަތަ ބޭރު ޤައުމުތަކުން ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ޕްރޮޖެކްޓް ޕްރޮޕޯޒަލެއް އެކުލަވައިލުން.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހު 13:00 އަށް ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހު 13:00 އަށް ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

07 އޮގަސްޓް 2016
ހޯދާ