މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ.އާ ގުޅޭ ތަކެތި ހޯދުމާބެހޭ

އިޢުލާން

އައި.ޓީ.އާ ގުޅޭ ތަކެތި ގަތުމާބެހޭ:

މި ކުންފުންޏަށް އައި.ޓީ.އާ ގުޅުން ހުރި ތަކެތި ހޯދުމަށް ކުރެވުނު MSCL/GOV/(IUL)2016/10 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި ތަކެއްޗަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން މި ކުންފުންނަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ.

-  04 ލެޕްޓޮޕް

-  10 ކޮމްޕިއުޓަރ ސިސްޓަމް

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށެވެ. މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 ން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނުވަތަ 3336725 ނަންބަރު ފޯނަށެވެ.

07 އޮގަސްޓް 2016
ހޯދާ