މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ރިޓެންޑަރ)

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނިން ކުރި އިޢުލާން ނަންބަރު MWSC-61/ADV/2016/034 އަށް ހުށަހަޅައިފައިވާ ބީލަން ކަރުދާސްތަކުގެ އަގު މި ކުންފުނީގެ އަންދާސީހިސާބަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ކުންފުނީގެ އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށް މުދާ އުފުލާ ދޯންޏެއް އެއް އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 07 އޮގަސްޓު 2016 އިން 09 އޮގަސްޓު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 2016 އޮގަސްޓު 9 ވަނަ ދުވަހު ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 10 ވަނަ ދުވަހު 14:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 އޮގަސްޓު 14 ވަނަ ދުވަހު 14:00 އެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

04 އޮގަސްޓު 2016

04 އޮގަސްޓް 2016
ހޯދާ