ވަޒީފާގެ ފުރުޞަތު:
|
އެގްޒެކެޓިވް ސެކްރެޓަރީ
|
މަޤާމު
|
އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު -/6000 ރުފިޔާއާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގް އެލަވަންސް: މަހަކު -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ސެކްރެޓޭރިއަޓް / މެނޭޖިންގ ޑިރެކްޓަރ
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓުފިކެޓު ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން
|
މަޤާމުގެ ޝަރުޠުތައް
|
- މެނޭޖްމަންޓް މީޓީންގގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން. (އެޖެންޑާ ތައްޔާރުކުރުން، ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން، މެނޭޖްމަންޓް މީޓިންގގެ ނިންމުންތައް ތަންފީޒު ކުރުވެމުންދާ މިންވަރު ބަލައި ބްރީފިންގ މެނޭޖިންގ ޑިރެކްޓަރަށް އެރުވުން.)
- މެނޭޖިންގ ޑިރެކްޓަރ އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، އެފަރާތްތަކަށް ފޮނުވައި، އެލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- މެނޭޖިންގ ޑިރެކްޓަރުގެ ހުރިހާ ބައްދަލުވުންތަކެއްގެ އިންތިޒާމު ހަމަޖައްސައި، ޔައުމިއްޔާ ތައްޔާރުކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް، ފޮލޯއަޕް ހަދަމުން ގެންދިއުމާއެކު، އެފަދަ ބައްދަލުވުންތަކުގެ ރިކޯޑުތައް ފައިލްކޮށް ބެލެހެއްޓުން.
- ޑިރެކްޓަރުންގެ ބޯޑުގެ މީޓިންގތަކުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން. (އެޖެންޑާ ތައްޔާރުކޮށް، ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން، ބޯޑު މީޓިންގގެ ހާޒިރީ ބެލެހެއްޓުން، އަދި ބޯޑު މީޓީންގގެ ނިންމުންތައް ތަންފީޒު ކުރެވެމުންދާ މިންވަރު ބަލައި ބްރީފިންގބޯޑަށް އަރުވަމުން ދިއުން.)
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ކޯޕަރޭސަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
- މީގެ އިތުރުން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު އިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއެކު ހިމެނިފައި)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް، ގަލޮޅުދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
29 ޝައްވާލް 1437
|