މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކ.ވިލިނގިލީގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އުފައްދައި، އިމްޕޯޓްކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތާބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކ.ވިލިނގިލީގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' (ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުތަކުގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޕްލެޓްފޯމު) އުފައްދައި، އިމްޕޯޓްކޮށް، އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް ޖެއްސެވުން އެދެމެވެ.

"ކ.ވިލިނގިލީގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އުފައްދައި، އިމްޕޯޓްކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތާބެހޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2016/136 "

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

ހުށަހަޅަންވީ ތަކެތި

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅާ ތަކެތީގައި އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

  • އަންދާސީހިސާބު ހުށަހަޅަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.)
  • މީގެ އިތުރުން ޓީ.އޯ.އާރ. ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓްތައް. (ޓީ.އޯ.އާރ. ބެލުމަށް)
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުމެއް މަދުނަމަ އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.

ރަޖިސްޓަރީ ކުރުން

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 8 އޮގަސްޓު 2016 އިން 18 އޮގަސްޓު 2016 އާ ދެމެދު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުގައި ރަޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 8 އޮގަސްޓު 2016 އިން 18 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
04 އޮގަސްޓް 2016
ހޯދާ