މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

 

ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

އިއުލާން

ވަޒީފާގެ ފުރުސަތު:

ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް

އޮފިސަރ

ކްލެސިފިކޭޝަން

މަހަކު 8500 އާއި 6000 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

- ލިވިންގް އެލަވަންސް: މަހަކު 3000 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

މާރކެޓިންގް، ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް ޑިޕާރޓްމެންޓް

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން

މަޤާމުގެ ޝަރުތުތައް

  • ކުންފުންޏަށް މުހިންމު ފަރާތްތަކުގެ ޑޭޓާބޭސްއެއް ތައްޔާރުކޮށް އެކި ފަރާތްތަކާއި ބައްދަލުވުން ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  • އެކިއެކި ކުންފުނިތަކުގެ އިސްވެރިންނާއި ބައްދުވުންތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  • ކުންފުންޏަށް ލިބެންހުރި ވިޔަފާރި ފުރުސަތަކާއި ގުޅޭގޮތުން ދިރާސާކުރުމުގައި އެހީތެރިވެދިނުން.
  • ބިޒްނަސް ޕްރޮޕޯސަލްސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ކުންފުންޏަށް ފައިދާ ކުރަނިވި ތަޞައްވަރެއް ގާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކުންފުންޏަށް ލިބެންހުރި އައު ވިޔަފާރި ފުރުސަތުތައް ދިރާސާކޮށް މެނޭޖްމަންޓަށް ހުށައެޅުމުގައި އެހީތެރިވެދިނުން.
  • ޙިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން
  • ކުންފުންޏާއި ގުޅުންހުރި ޖަލްސާތަކާއި، އިވެންޓްސް އަދި ކޮންފެރެންސްތަކަށް ދިއުމާއި، ބާޒާރުގައި ހިގާ އެންމެ ފަހުގެ ޓްރެންޑްސްތައް ދެނެގަނެ މެނޭޖްމަންޓާއި ޙިއްސާކުރުމުގައި އެހީތެރިވެދިނުން.
  • ކުންފުންޏަށް ބިޒްނަސް ސްޓްރެޓީޖިކް ޕްލޭންއެއް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭސަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލްކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (އިއުލާނާއެކު ހިމެނިފައި)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

11 އޮގަސްޓް 2016ވާ ބުރާސްފަތި ދުވަހު 15:00ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކްއަށް ހުށަހެޅުން އެދެމެވެ. 

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު 4:00އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް

އިތުރު މަޢުލޫމާތު

29 ޞައްވާލް 1437

3 އޮގަސްޓް 2016

03 އޮގަސްޓް 2016
ހޯދާ