މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގެ ފަރުމާކުރުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގެ "ލޭންޑް ސްކޭޕް ޑިޒައިން" ކޮށްދޭނެ ފަރާތެއް ހޯދުން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫ ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ "ލޭންޑް ސްކޭޕް ޑިޒައިން" ކޮށްދޭނެ "އިންޑިވިޖުއަލް ކޮންސަލްޓަންޓެއް" ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ ގޮތުން (ކުރީގައި ކޮށްފައިވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ އަދި އެހެނިހެންވެސް މުހިއްމު މަޢުލޫމާތުތައް) ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) މިފަދަ މަސައްކަތް ކުރެވޭނެ ފަދަ ތަޖުރިބާއާއި ތަޢުލީމު ހުރުން؛

ޝައުޤުވެރިވާ ފަރާތްތަކަށް "ޓާރމްސް އޮފް ރިފަރެންސް" އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އީ-މެއިލް އެޑްރެހަށް 2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓު 2016 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީ-މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެޓް މެނޭޖަރ

މެނޭޖްމަންޓް ޕްރޮޖެކްޓް ޔުނިޓް

ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018415 960+، ފެކްސް: 3018301 960+

އީ-މެއިލް: [email protected]

 

03 އޮގަސްޓް 2016
ހޯދާ