އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޓީ.އެލް.އޭ.ރޫމުގައި ކުރަންޖެހޭ އެލްމިނިއަމް ޕާޓިޝަން ޖެހުމާއި، ރޭނުމާއި، ވަޑާމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އައި.ޖީ.އެމް ހޮސްޕިޓަލުގެ ޓީ.އެލް.އޭ ރޫމުގައި އެލްމިނިއަމް ޕާޓިޝަން ޖެހުމާއި، ރޭނުމާއި ވަޑާމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޖުލައި 18 ގައި ކޮށްފައިވާ ނަންބަރު 137-IU/PR/2016/113 އިޢުލާނަށް މައުލޫމާތު އިތުރުކުރުމަށް ބޭނުންވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

 ޖޭޒްމިން މީޓިންގރޫމް

13:15

9 އޮގަސްޓު 2016 (އަންގާރަ)

 މަޢުލޫމާތު ސާފުކުރެއްވުމަށް

 ޖޭޒްމިން މީޓިންގރޫމް

11:30

14 އޮގަސްޓު 2016 (އާދީއްތަ)

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016
ހޯދާ