އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފްލޯރިންގ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކުގެ ވޯލްޕޭޕަރ، ބްލައިންޑްސް އަދި ފްލޯރިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޖުލައި 12 ގައި ކޮށްފައިވާ ނަންބަރު 137-IU/PR/2016/108  އިޢުލާނާ ގުޅިގެން ފްލޯރިންގގެ މަސައްކަތަށް އަގު ހުށަހަޅުއްވާފައިވަނީ ދެފަރާތުން ކަމަށްވުމާއެކު، އެ އިޢުލާނުގެ ފްލޯރިންގ އެޅުމުގެ މަސައްކަތުގެ ބައި ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ޖޭޒްމިން މީޓިންގރޫމް

11:30

9 އޮގަސްޓު 2016 (އަންގާރަަ)

 މަޢުލޫމާތު ސާފުކުރެއްވުމަށް

ޖޭޒްމިން މީޓިންގރޫމް

13:30

11 އޮގަސްޓު 2016 (ބުރާސްފަތި)

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016
ހޯދާ