ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫގައި ހުންނަ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ކްލިނިކުގެ ޢިމާރާތުގެ މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހު ހެނދުނު 09:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 ޝައްވާލް 1437