މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ އެކައުންޓްސް އޮފިސަރ

މުސާރަ: މަހަކު -/6295 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ފައިނޭންސް ޔުނިޓު

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- އެކައުންޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- އެކައުންޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- އެކައުންޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- އެކައުންޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • ޤައުމީކުތުބުޚާނާއަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްކުރުން.
  • ބަޖެޓް ބާކީ ކުރުމާއި، ބަޖެޓާބެހޭގޮތުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރުން.
  • ބިލުތަކަށް ފައިސާދެއްކުން.
  • އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓުގައި ޝާއޢުކުރަން ފޮނުވުން.
  • ބިލުތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލުކޮށް ބެލެހެއްޓުން.
  • ވައުޗަރ ރަޖިސްޓަރީ އަޕްޑޭޓްކުރުން.
  • އޮފީހަށް ލިބޭ ފައިސާ އެމް.އެމް.އޭ އަށް ޖަމާކުރުން.
  • ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދުތަކާ އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:މަހަކު -/5020 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- ލައިބްރަރީ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަތީ ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން.
  • ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.
  • މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.
  • ދުވަހުން ދުވަހަށް ތަފާސްހިސާބުތައް ރިކޯޑު ކުރުން.
  • ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރިކޯޑު ބެލެހެއްޓުން.
  • ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެހުންނަ މުވައްޒިފާާއި ހަވާލުކުރުން.
  • ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލު ކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  • ޝެލްވިންގއާ ބެހޭ މަސައްކަތްކުރުން.
  • ކަސްޓަމަރުންގެ ފަރާތުން ލިބޭ އެންކުއަރީ ތަކަށް ޖަވާބުދާރީވުން.

ނޯޓު: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- ލައިބްރަރީ ސައިންސްގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން.
  • ރިފަރެންސް ސަރވިސްގެ ޚިދުމަތް ދިނުން.
  • މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.
  • ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑް ކުރުން.
  • ސަރވިސް ކައުންޓަރަށްް ލިބޭ ފައިސާއަށް ރަސީދު ހަދައި ރިކޯޑު ބެލެހެއްޓުން.
  • ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެ ހުންނަ މުވައްޒފާާ ހަވާލުކުރުން.
  • ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  • ޝެލްވިންގއާ ބެހޭ މަސައްކަތްކުރުން.
  • ކަސްޓަމަރުންނަށް ފޮޓޯކޮޕީ/ ސްކޭންކުރުމުގެ ޚިދުމަތް ދިނުން.

ނޯޓު: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

ސެކްޝަން: ޑިޖިޓައިޒޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- ގްރެފިކް ޑިޒައިނިންގ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

ނޯޓު: މާކެޓިންގގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޤައުމީ ކުތުބުޚާނާގެ ނިއުސްލެޓަރ ތައްޔާރުކުރުން.
  • ލީފްލެޓް، ފްލަޔަރ ފަދަ ޕްރޮމޯޝަނަލް ތަކެތި ތައްޔާރުކުރުން.
  • ސޯޝަލް މީޑިއާގައި ޤައުމީ ކުތުބުޚާނާ ޕްރޮމޯޓުކުރުން.
  • ޤައުމީ ކުތުބުޚާނާއިން ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ ތަކެތި ޑިޒައިންކުރުން.
  • ޤައުމީ ކުތުބުޚާނާއިން ބާއްވާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް

މުސާރަ:މަހަކު -/3470 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: އެޑްމިން އެންޑް އެޗް.އާރް ޔުނިޓު

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޤައުމީކުތުބުޚާނާގެ ތަޅުދަނޑި ގެނެސް ގެންދިޔުން.
  • އޮފީސްތަކަށާއި އެހެނިހެން ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި ތަކެތި އެ ފަރާތްތަކަށް ރައްދުކުރުން.
  • ފޮޅައި ސާފުކުރުން.
  • ޔުނިޓުތަކުން ހަވާލުކުރާ ތަކެތި އެހެން ޔުނިޓުތަކަށް ގެންދިއުން.
  • މީޓިންގތަކަށާއި އެހެނިހެން ހަރަކާތްތަކަށް ތަން ތައްޔާރުކުރުން.

މަޤާމުގެ ނަން: އެސިސްޓެންޓް ފޯމަން

މުސާރަ:މަހަކު -/3470 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: އެޑްމިން އެންޑް އެޗް.އާރް ޔުނިޓު

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީ ކުތުބުޚާނާ، ކ.މާލެ

ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ނޯޓު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތިން، އޮފީހުގެ ތަޅުދަނޑި ގެނެސް ގެންދިއުން.
  • އޮފީހުގެ ސެކިއުރިޓީ ސިސްޓަމް ބޭނުންކޮށްގެންނާއި ޢަމަލީގޮތުން އޮފީހުގެ އެތެރެއާއި ބޭރުގެ ސެކިއުރިޓީ ބެލެހެއްޓުން.
  • ކޮންޓްރެކްޓް އުސޫލުން ފޮޅައި، ސާފުކުރުމުގެ މަސައްކަތް، ހަވާލުކުރެވިފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓުން.
  • މެއިންޓަނަންސްގެ މައްސަލަތައް ފާހަގަކޮށް ރިޕޯޓު ކުރުން. 
  • މީޓިންގ/ޖަލްސާ ފަދަ ހަފުލާތަކަށް ތަން ތައްޔާރު ކުރުން.

ނޯޓު: 

- މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުން ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ޤައުމީ ކުބުޚާނާގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ޤައުމީ ކުތުބުޚާނާ (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)
  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv  އިން ލިބެން ހުންނާނެއެވެ.)

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

28 ޝަޢުބާން 1437

02 އޮގަސްޓް 2016
ހޯދާ