މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު: 221464

ސަރވިސް: ޓެކްނިކަލް އޮފިސަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4 (އޮފިސަރ ގްރޭޑް 2)

މަޤާމުގެ ކްލެފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ތަން: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

ސެކްޝަން: އެޓޯލް ޑިވެލޮޕްމެންޓް ސަރވިސަސް

ޔުނިޓް: ޕޮލިސީ ޕްލޭނިންގ ރިސާރޗް އަދި މޮނިޓަރިންގ

މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)     

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލަޖީ/ ހިޔުމަން ރިސޯސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގުރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ރަށު ކައުންސިލްތަކުން ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ހޯދާ ބިންބިމާއި ފަޅާއި ފަރު ފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތައް މިލްކުކުރެވެމުންދާގޮތް ބަލައި، މޮނިޓަރކުރުން.

2. ޤައުމީ އިދާރާއިން ރަށު ކައުންސިލްތަކާ ހަވާލުކުރައްވާފައިވާ ފަޅާއި ބިން ކުއްޔަށް ދޫކުރެވެމުންދާގޮތާއި ދެމުންދާގޮތް ބަލައި މޮނިޓަރކުރުން.

3- ރަށު ކައުންސިލްތަކުންދޭ ޚިދުމަތްތަކާއި، ހެދޭ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކަނޑައެޅޭ ފީތައް ކައުންސިލްތަކުގެ މެދުގައި ހަމަހަމަ އުޞޫލަކުން ނެގުމުގެ ނިޒާމް އެއްގޮތްކޮށް ހިންގުވުމަށް މޮނިޓަރކޮށް ބެލެހެއްޓުން.

4- ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

5- ޑީ.އެން.ޕީ ގެ ތަފާސްހިސާބާބެހޭ ޑިވިޜަނަށް މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ، ގަވާއިދުން ރިޕޯޓުކުރުމާއި، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

6- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒްކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.

7. އޮފީހުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރިޑޭޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔުއާއި، ޕްރެޓިކަލްއާއި، އިމްތިޙާނުކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

- މި މަޤާމަށް އިންޓަވިޔު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލާއި ނުވަތަ ފެކުހުން ވެސް ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ