މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޭޓާ ޕޮރޮސެސިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ ޕޮރޮސެސިންގ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 28 ޖޫން 2016 ގައި ކުރެވުނު އިޢުލާން ނަންބަރު (IUL)425-C1/1/2016/09 އާ ގުޅިގެން އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޑޭޓާ ޕޮރޮސެސިންގ އޮފިސަރ

މަޤާމް ނަންބަރު:

J-215971

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ

ޑިޕާޓްމަންޓް:

ކޯޕަރޭޓް މެނޭޖްމަންޓް / އައި.ސީ.ޓީ

މުސާރަ:      

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތް ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)      

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރައެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

2. އޮފީހުގެ ސާވަރ އަޕްޑޭޓްކޮށް މެއިންޓެއިންކުރުން.

3. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް، ބަލަހައްޓައި، އިތުރު ކޮމްޕިޔުޓަރުތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

4. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސްދިނުމާއި، ސެކިޔުރިޓީ ބެލެހެއްޓުން.

5. އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް މެއިންޓެއިންކުރުމުގެ ކަންތައްތައް ކުރުން.

6. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. އެން.ސީ.އައި.ޓީ ގެ ފޯކަލް ޕޮއިންޓެއްގެގޮތުގައި އީ ގަވަރމަންޓާއި އީ އެޑްމިންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

8. ސެކްޝަނުން ލިޔަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 

9. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.

10. އޮފީހުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޢުލީމް ހާސިލުކޮށް، މަސައްކަތުގެ ދައިރާގައި ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓުފިކެޓުތައް ހުށަހަޅާނީ، އެކްރެޑިޓްކުރުމަށްފަހު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި)

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ، "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ    ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅަންވާނެއެވެ.

- ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންޖެހޭ ތާރީޚާއި ތަން:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ލިޔުންތައް ހުށަހަޅާނީ، ހުރަވީ ބިލްޑިންގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އިންޓަވިއު އޮންނަ ދުވަހާއި ތަން:

 

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް، 2016 އޮގަސްޓު 23 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މާފަންނުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

- މި މަޤާމަށް އިންޓަވިއުކުރުމަށް ގުޅާނީ، މެރިޓް އުޞޫލުން ބަލައި، ޝޯޓްލިސްޓް ކުރުމަށްފަހު، 5 ފަރާތަށެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 7989840 ނަންބަރު ފޯނަށް، ނުވަތަ 3306727 ނަންބަރު ފޯނަށެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ