މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް ކޮމިއުނިކޭޝަންސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާގެ ފުރޞަތު

މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމު: ހެޑް އޮފް ކޮމިއުނިކޭޝަންސް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު  : 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
  • މި ކުންފުނީގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، އާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިނުން؛
  • މި ކުންފުނިން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުން.
  • ކުންފުނީގެ ފަރާތުން ބާއްވާ އިވެންޓްތަކުގެ އެންމަހައި މަސައްކަތް ކޯޑިނޭޓްކޮށް ހިންގުން؛
  • ކުންފުނީގެ މަސައްކަތްތަކާގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ޕްރެސް ރިލީޒް އަދި ނޫސް ބަޔާން ތައްޔާރުކޮށް މީޑިޔާއަށް މަޢުލޫމާތު ދިނުން؛
  • މި ކުންފުންޏަށް ބޭނުންވާ ސްޕީޗް ފަދަ ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ތައްޔާރުކުރުން؛
  • މި ދާއިރާއާބެހޭ މެގަޒިން ތައްޔާރުކުރުމާއި އަދި އެކަޑަމިކް ޖަރނަލްސް ފަދަ ލިޔެކިޔުންތައް ޝާއިޢުކުރުމުގެ މަސައްކަތް ކޮށްދިނުން؛
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކުންފުނީގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުން،
  • މި ކުންފުންޏާ ގުޅުންހުރި ބައިނަލްއަޤުވާމީ މުއައްސަސަތާކަށް، ކުންފުނީގެ މަސައްކަތްތައް ހިއްސާކޮށް އަޕްޑޭޓްކޮށްދިނުން.
  • ކުންފުނީގެ ތަސައްވުރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

  • މާސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުން އަދި މި ދާއިރާއާގުޅޭ 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުމާއި ނޫސްބަޔާން، ޚަބަރު، ސްޕީޗް ފަދަ ލިޔުންތައް ތައްޔާރުކުރަން އެނގުން. 
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ފަރާތްތަކަށް ވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected]  އަށް ސީވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންބޭނުންފުޅުވާނަމަ 3300023 އަށް ގުޅުއްވުމަށް އެދެމެވެ.

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މ. މޫކާއި ސޫޓްސް، ތިންވަނއ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ