ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދޮރުފޮތި ހޯދުމަށް

އިޢުލާން

މި ހޮސްޕިޓަލުގެ ދަށުން ހިންގާ ހުޅުމީދޫ ޞިއްޙީމަރުކަޒަށް ދޮރުފޮތި ހޯދުމަށް ކުރެވުނު ނަންބަރު HRH/IU/2016/06 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ