ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުންހުރިގޮތުގެ ސަރވޭ 2016

އިޢުލާން

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުންހުރިގޮތުގެ ސަރވޭ 2016

މި ބިއުރޯގެ ފަރާތުން ކޮންމެ 5 އަހަރަކުން 1 އަހަރު ކުރަމުން އަންނަ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ (ހަޔަސް) 2016 ވަނަ އަހަރުގެ އެޕްރީލްމަހު ވަނީ ފަށާފައެވެ. އަދި ސަރވޭގެ 3 ބުރު މިހާތަނަށް ވަނީ ނިމިފައެވެ. އަދި ރަމަޟާންމަހަށް މެދުކަނޑާލުމަށްފަހު، މިފެށޭ އޮގަސްޓުމަހުގެ 6 ގައި މާލެ، ހދ، އއ. އާއި ތ. އަތޮޅުގައި މި ސަރވޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ސަރވޭގެ 4 ވަނަ ބުރު މާލޭގެ 8 ސަރަޙައްދެއްގައާއި އަތޮޅުތެރެއިން 30 ރަށެއްގައި ކުރިއަށްދާނެއެވެ. މިހެންވެ މިކަން އާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ސަރވޭގެ މައިގަނޑު މަޤްޞަދުތަކަކީ ގޭބިސީގެ އެވްރެޖް ޚަރަދާއި އެކިބައިތަކަށް ޚަރަދުކުރާ މިންވަރު ދެނެގަތުމާއި، ބޮލަކަށްޖެހޭ ޚަރަދާއި އާމްދަނީއަށް ބަލައި ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީ.ޕީ.އައި) ގެ ބަރުދަން (ވެއިޓްސް) އިޞްލާޙުކުރުމާއި އަދި ގޭބިސީގެ އެވަރެޖް އާމްދަނީއާއި އާމްދަނީ ބެހިފައިވާ ގޮތާއި ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުމެވެ.

މި ސަރވޭއަކީ މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި، 6 މަސްދުވަހަށް ބަހާލެވިގެން ކުރެވޭ ސަރވޭއެކެވެ. މި ސަރވޭކުރުމަށް ހަމަޖެހިފައިވަނީ މި ބިއުރޯއިން ތަމުރީނުކުރެވިފައިވާ ޓީމުތަކެއް ރަށްރަށަށް ފޮނުވައިގެންނެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ