ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ފޯމުތަކެއް ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޓްރެއިނިންގގައި ބޭނުންކުރާ ފޯމުތައް ޕްރިންޓުކުރުމަށް ބޭނުންވެއްޖެ:

މި ބިއުރޯގެ ފަރާތުން ކުރިއަށްގެންދާ ސަރވޭގެ ޓްރޭނިންގގައި ބޭނުންކުރާ ސުވާލުކަރުދާސްތަކާއި އެހެނިހެން ތަކެތި ޕްރިންޓުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 10:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓް 11 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި ބިއުރޯގެ ނަންބަރު 3349397 ފޯނާ ގުޅުއްވުން އެދެމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ