ދިވެހިރާއްޖެ
ޓޯކަން ސިސްޓަމެއް ހޯދުމާބެހޭ
މި މިނިސްޓްރީން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް އިލެކްޓްރޯނިކް ޓޯކަން ސިސްޓަމެއް ހޯދުމަށް 2016 މޭ 10 ވަނަ ދުވަހު ކުރެވުނު ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަސައްކަތަށް އަލުން ކުރެވުނު އިޢުލާނުގައި މަޢުލޫމާތު ސާފުކުރެއްވުމަށް (IUL)138-AS6/1/2016/91 ވަޑައިގެންނެވުމަށް ދީފައިވާ ތާރީޚު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 4 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
28 ޝައްވާލް 1437