ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އިނާމު ގަތުން

އިނާމު ގަންނަން ބޭނުންވެއްޖެ

މި ސްކޫލުގެ 2016 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޕްލާކް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

03 އޮގަސްޓް 2016
ހޯދާ