ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                                   

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-229491

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:

1. ސެކްޝަނަށް ލިބޭ ސިޓީއާއި، މެސެޖު ފަދަ ލިޔުންތައް އެންޓްރީއަށް އެންޓަރކުރުމާއި އިސްވެރިޔާގެ ލަފާގެމަތިން އެފަދަ ތަކެއްޗަށް ޖަވާބުދިނުން.

2. އެކިފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދައްކާ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލައިގަތުމާއި، ފައިސާ ތިޖޫރީއަށް ވެއްދުމަށް ފައިސާ ބަލައިގަންނަ ފޯމު ތައްޔާރުކޮށް، ގަވާއިދުން ތިޖޫރީއާ ހަވާލުވެ ހުންނަ މުވައްޒަފާ ތިޖޫރީއަށް ވެއްދުމަށް ހަވާލުކުރުން.

3. މުވައްޒިފުންނަށް މުސާރަދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި މުސާރައާއި ޢިނާޔަތްތައް ދިނުމަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމާއި، މުސާރަޔާ ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާއި، ލިޔެކިއުންތައް ފޮނުވުމާއި، މުސާރަދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ގުޅަންޖެހޭ ސަރުކާރުގެ އިދާރާތަކަށް ގުޅުން.

4. ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެގޮތުގައި ލިބޭ ފައިސާ އޭގެ ޙައްޤުވެރިންނާ ހަވާލުކުރުމާއި، އެކަންކަމާ ގުޅިގެން ތައްޔާރުކުރާ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސްޓޮކް ބެލެހެއްޓުން.

6. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެސެޓުގެ ރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، އޮފީހުގެ ބެލުމުގެ ދަށުގައިވާ މެޝިނަރީއާއި އިކްއިޕްމެންޓް ބެލެހެއްޓުމާއި، ހަރުމުދަލުގެ ރަޖިސްޓަރީ (އިންވެންޓްރީ) ބެލެހެއްޓުމާއި، ހަލާކުވާ ތަކެތި ގަވާއިދުން ނައްތައިލުމާއި، އެކަމާބެހޭ ލިޔުންތައް ބެލެހެއްޓުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް ހަވާލުކުރެވޭ ތަކެތި ހަވާލުކޮށް، އެތަކެތި ބަލައިގަތުމާއި، މިކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

7. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، ފައިސާ ނުލިބޭނަމަ، އެފައިސާ ހޯދުމަށް މަސައްކަތްކުރުމާއި، ބިމުކުލި ނަގަންޖެހޭ ތަންތަނުން ބިމުކުއްޔާއި ޖޫރިމަނާގެގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއި، އެކަމާގުޅޭ ރިޕޯޓް ތައްޔާރުކޮށް ރެކޯޑު ބެލެހެއްޓުން.

8. ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، މާލީހިސާބު ތައްޔާރުކުރުމަށާއި، ފައިސާއާބެހޭ މުހިންމު ރިޕޯޓްތައް ނުވަތަ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމަށް މަޢުލޫމާތެއް ބޭނުންވެގެން މުވައްޒަފަކު އެދިއްޖެނަމަ އެ މަޢުލޫމާތެއް ދިނުމާއި، ކައުންސިލްގެ އިދާރާއިން ނުވަތަ ސަރުކާރުގެ ފަރާތުން އޮޑިޓްކުރުމަށް ހަމަޖައްސަވައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް، އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާއިން ދޭންޖެހޭ މަޢުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ފައިލްކުރުމާއި، ފައިސާއާބެހޭ ފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

9. ޒިންމާދާރުވެރިޔާގެ ލަފާގެމަތިން އަލަށްނަގާ މުވައްޒަފުން ނެގުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ވަޒީފާދިނުމާއި، ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، މުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔުންތައް ހަވާލުކުރުމާއި، މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ކަންތައްތައް ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ބެލުމަށް ބޭއްވޭ ޕްރެކްޓިކަލްސް.

އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް  ކުރިމަތިލުމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  އޮގަސްޓު  11  ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން،  ހަށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާާއަށް ހަށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން، އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)  

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6520034  ނަންބަރު  ފޯނާއެވެ. ފެކްސް  ނަންބަރަކީ، 6520034 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ