ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެއަރކޮންޑިޝަން މަރާމާތު ކުރުން

އިޢުލާން

އެއަރކޮންޑިޝަން މަރާމާތުކުރުން

މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 5 ފަންގިފިލާއާއި މި ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ މ. ގޯލްޑަންސަންބީމުގައި ހުރި އެއަރކޮންޑިޝަންތައް އެއް އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

28 ޝައްވާލު 1437

02 އޮގަސްޓް 2016
ހޯދާ