1. މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުން.
2. މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓުގައި މަސައްކަތްކުރާ ކައުންސެލަރުންނަށް ބޭނުންވާ ކްލިނިކަލް ސަޕޯޓް ފޯރުކޮށްދިނުން.
3. މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓުގައި ފަރުވާ ހޯދަމުންދާ ކްލައިންޓުންނަށް ހިންގާ ކްލާސްތައް ރާވައި، ކްލާސް އޮންނަ ދުވަހު ކްލާސް ކުރިއަށްދޭތޯ ބެލުން.
4. އަލަށް ފަރުވާއަށް އެދި ހުށަހަޅާ ކްލައިންޓުންގެ އެންމެހައި ކަންކަމާއި، އެމް.އެމް.ޕީ ރަޖިސްޓްރޭޝަން ޑާޓާ ބެލެހެއްޓުމާއި، ކްލައިންޓް ލިސްޓް އަޕްޑޭޓްކުރޭތޯ ބެލުން.
5. ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވާތޯ ބެލުން.
6. ކްލައިންޓުންނަށް އަންގަންޖެހޭ އެކިއެކި ކަންކަން އެންގުމާއި، މައްސަލަތައް ދިމާވާ ކްލައިންޓުންނާއި، ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަދެއްކުން.
7. މަސައްކަތުގެ މާޙައުލުގައްޔާއި، ޕްރޮގްރާމް ހިންގުމުގައި ދިމާވާ މައްސަލަތައް، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ޙައްލުކުރުން.
8. ހަވާލުކުރެވިފައި ތިބި ކްލައިންޓުންނަށް ސެޝަން ނެގުމާއި، ބެލެނިވެރިންނަށް ސެޝަން ނެގުން / އަދި ޑްރަގް ކޯޓް ކްލައިންޓުންގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
9. އެސަސްމަންޓް ހެދުމާއި، ރިޕޯޓް ތައްޔާރުކޮށް ލީގަލް ޔުނިޓާ ހަވާލުކުރުން.
10. މުވައްޒަފުންގެ އިތުރުގަޑީގެ ކަންކަން ސުޕަވައިޒްކުރުމާއި، ހުކުރުދުވަހާއި، ހޮނިހިރުދުވަހާއި، ބަންދު އެހެން ދުވަސްތަކުގެ ޑިއުޓީއަށް މުވައްޒަފުން ހަމަޖައްސައި، މުވައްޒަފުން ޑިއުޓީއަށް ނިކުމޭތޯ ބެލުން.
11. މެތަޑޯން މެއިންޓަނަންސް ޕްރޮގްރާމް ޔުނިޓުގެ މުރާޖަޢާ ކޮމިޓީގެ ކަންކަން ރާވައި، ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުން.
12. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
|