ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެ

މަޤާމް :ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ
ބޭނުންވާ އަދަދު :27

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެ

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ބޭނުންވެއެވެ.

މަޤާމު: ޕްރޮޑިއުސަރ

ބޭނުންވާ އަދަދު:

07

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސާރވިސް މީޑިއާ

ޑިޕާޓްމަންޓް:

ޕްރޮގްރާމް/ރޭޑިއޯ

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ -/1000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިނގިރޭސި ހިމެނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު: ޕްރޮޑިއުސަރ

ބޭނުންވާ އަދަދު:

05

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސާރވިސް މީޑިއާ

ޑިޕާޓްމަންޓް:

ޕްރޮގްރާމް/ޓީވީ

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ -/2000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިނގިރޭސި ހިމެނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު: ޖާރނަލިސްޓް

ބޭނުންވާ އަދަދު:

15

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސާރވިސް މީޑިއާ

ޑިޕާޓްމަންޓް:

ނިއުސްރޫމް

އުޖޫރަ:

އުޖޫރަ ކަނޑައެޅިފައިވާނީ ޕްރޮގްރާމް އުފައްދާ ނިސްބަތުގެ މައްޗަށެވެ. އުޖޫރަ ދެވޭ މިންވަރަކީ -/2000 ރުފިޔާއާއި -/12000 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.

މަޤާމުގެ ޝަރުޠު:

ސާނަވީ އިމްތިޙާނުން 3 މާއްދާއިން 'އިނގިރޭސި ހިމެނޭގޮތަށް ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުކޮށްގެން. އަދި ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓްސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

މިމަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

މިމަޤާމުތަކަށް މުސާރަ ކަނޑައެޅިފައިވާ ގިންތިތައް އަދި އިތުރު މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓް  www.psm.mv ގައި ލިބެން ހުންނާނެއެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ